Thursday, November 29, 2007

How Computers Have Changed

ވަގުތީ ސަރުކާރަކަށް ގޮވާލާ “މަދަނީ ޖަލްސާ”އެއް ބުރާސްފަތިދުވަހު ދަރުބާރުގޭގައި އެމްޑީޕީން ބާއްވަނީ

ލިޔުނީ ގައްމާޒު
ބުދަ, 28 ނުވެމްބަރު 2007

ވަގުތީ ސަރުކާރެއް ގައިމްކުރުމަށް ގޮވާލާ “މަދަނީ ޖަލްސާ”އެއް އެމްޑީޕީގެ ފަރާތުން މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދިވެހި ރާއްޖޭގެ ހުރިހާ މިނިސްޓަރުންނަށާއި ބޭރުގެ ހައިކޮމިޝަނަރުންނަށް އަދި ޑީއާރުޕީ ފިޔަވާ ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އަދި މަދަނީ ޖަމިއްޔާތަކަށް ދައުވަތުދީގެން ބާއްވާ މިޖަލްސާއަކީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޖަލްސާއެއްކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިޖަލްސާގައި ވާހަކަ ދައްކަވާނީ ހޮނިހިރު ދުވަހު ދަރުބާރުގޭގައި އެމްޑީޕީން އިންތިޒާމުކުރި މަދަނީ ޖަމިއްޔާތަކާއި އަދި ޕާޓީތައް ކުރި މަޝްވަރާގައި ބައިވެރިވީ ފަރާތްތަކެވެ. މީގެ އިތުރަށް މިޖަލްސާގައި ދައުވަތު ލިބިގެން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އަދި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ ހިމެނެއެވެ.

މިއަދު މިނިވަން ނޫހަށް މައުލޫމާތު ދެއްވަމުން އައިޑީޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ މިޖަލްސާގައި އެޕާޓީގެ ގައުމީ މަޖިލީހުން ބައިވެރިވާނެއެވެ. އަދި އެމްޑީޕިގެ މި ޚިޔާލަށް ތާއީދުކުރެވޭ ކަމަށާއި މިޖަލްސާގެ ފަހުން މިކަމާބެހޭ ގޮތުން އެމްޑީޕީއާއި މަޝްވަރާކުރާނެކަމުގައެވެ.

ހޮނިހިރުދުވަހު ދަރުބާރުގޭގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި އަދާލަތު ޕާޓީން “މަދަނީ ޖަލްސާ”ގައި ބައިވެރި ނުވާނެކަމުގައި އެޕާޓީގެ ރައީސް ޝައިޚު ހުސައިން ރަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެންވާނީ މަޝްވަރާތަކުގައި ބައިވެރިވެފަ. ނަމަވެސް މިޖަލްސާއަކީ މުހިއްމުކަމަކަށް ނުފެންނާތީވެ ބައިވެރި ނުވާނީ” ހުސައިން ރަޝީދު ތަފްސީލު ކޮށްދެއްވިއެވެ. ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި އަދާލަތުން ވަގުތީ ސަރުކާރުގެ ޚިޔާލަށް ތާއީދު ކުރިނަމަވެސް އަދި ރަސްމީކޮށް މިޚިޔާލަށް މަސައްކަތްކުރަން ފެށޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނަ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ނިންމިއްޖެނަމައެވެ.

އެމްޑީޕީގެ މަދަނީ ޖަލްސާ އިންތިޒާމުކުރުމަށް ހަރަކާތްތެރިވާ މާލޭ ދާއިރާގެ ރައީސް އަމީން ފައިސަލް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން މިޖަލްސާގައި ބައިވެރިވާނެއެވެ. ނަމަވެސް މަޝްވަރާ ޖަލްސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އޯޕަން ސޮސައިޓީ އަދި މީޑިޔާ އެސޯސިއޭޝަންގެ ފަރާތުން މިޖަލްސާގައި އަމަލީ ގޮތުން ބައިވެރިއެއް ނުވާނެއެވެ. “އޯޕަން ސޮސައިޓީގެ ބޭފުޅުން މާލޭގައި ނުއުޅުއްވާ.” އަމީން ތަފްސީލު ކޮށްދެއްވިއެވެ. މީޑިޔާ އެސޯސިއޭޝަން އިން އަދިވެސް ވަގުތީ ސަރުކާރާގެ ހިޔާލަށް އެޖަމިއްޔާއިން ދެކޭ ގޮތުގައި ހިފަހައްޓާކަމަށް އަންގައިފާވާކަމުގައި އަމީން ވިދާޅުވިއެވެ. ނަމަވެސް މިޖަލްސާގައި ބައިވެރިވުމަށް އުޒުރުވެރިވަނީކަމުގައި އެޖަމިއްޔާގެ ނައިބު ރައީސް އިބްރާހިމް ހަލީލު ވިދާޅުވެފައިވާކަމަށް އަމީން ހާމަކުރެއްވިއެވެ. ވަގުތީ ސަރުކާރަކާމެދު މީޑިއާ އެސޯސިއޭޝަންގެ ރައީސް ތޮއްޔިބު މުހައްމަދު އިއްވި ބަޔާނުގައި ވަނީ “ގަލަމާއި ދުލުގެ މިނިވަންކަމަކީ ފުރިހަމަ ޑިމޮކްރަޓިކް ވެއްޓެއް ގާއިމް ކުރުމަށްޓަކައި އެންމެ އަސާސީ ކަންތައް ކަމުގައިވާ ހިނދު ގަލަމާއި ދުލުގެ މިނިވަންކަން ފުރިހަމަވެގެން އަންނަނީ އަބަދުވެސް ސިޔާސީ ވެށި ބައްޓަންވެގެން އަންނަ ގޮތަކުން ކަން ހަނދާން ކުރަން ޖެހެއެވެ. އެހެންކަމާއެކު ދިވެހިރާއްޖޭގެ ސިޔާސީ ވެށި އާ ގޮތަކަށް ބައްޓަންވަމުން ދާއިރު ގަލަމާއި ދުލުގެ މިނިވަންކަން ފުރިހަމަ ޑިމޮކްރަސީއެއްގައި އޮންނަންވާ މިންވަރަށް އޮންނާނެ ކަމުގެ ޔަގީންކަން ލިބިގަތުމަށްޓަކައި ސިޔާސީ ދާއިރާ ބައްޓަންވަމުންދާ ގޮތަށް މޯލްޑިވްސް މީޑިއާ އެސޯސިއޭޝަނުން ފާރަލަމުން ގެންދާނަމެވެ. ފާޅުކުރަން ޖެހޭ ހިޔާލުތައް ފާޅު ކުރަމުން ގެންދާނަމެވެ. މިގޮތުން ވަގުތީ ސަރުކާރެއް ގާއިމުކުރާއިރު މިހާރު ދައުލަތުގެ މީޑިއާކަމަށްވާ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް މުސްތަގިއްލު ކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ވަރަށްވެސް މުހިންމު ކަމެއްކަމުގައިވެސް ދެކޭ” ކަމަށެވެ.

Wednesday, November 28, 2007

furathama post on blogsopt


me aharen blog sopt furatha post .huri haa en menves inthizaaru kuraathi rangalhu stuff eh genes dhay nan ingay. ekamaku miadhu ehen eh cheh nuliyavay ne. ehen ve ma maadhan dho. hehe dhen meena reethi photo ah balahah taigen hurey ingay, aharen mathin handhaan kuran